Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

އެމްޓީސީސީގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

މިއަދު ފާހަގަކުރާ އެމްޓީސީސީ 44 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މުވައްޒަފުން ލޭ ހަދިޔާކޮށްފި އެވެ.

އެ ކުންފުނިން ބުނީ މިއަދު ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ކޭމްޕަކީ އަހަރީ ދުވަހުގެ މުނާސަބާއާ ގުޅިގެން ހާއްސަ ހަރަކާތެއްގެ ގޮތުގައި ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ހުޅުވާލި ކޭމްޕެއް ކަމަށެވެ.

އެގޮތުން ކޭމްޕްގައި މިހާތަނަށް ގިނަ އަދަދެއްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ އާއި ޑީއެމްޑީ މުހައްމަދު ޖަމްޝީދު ވެސް ލޭ ހަދިޔާކުރެއްވި އެވެ.

ލޭ ހަދިޔާ ކުރުމުގެ މި ކޭމްޕް ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑީވްސް ބްލަޑް ސާވިސްއާ ގުޅިގެންނެވެ.