ސްޓެލްކޯ ރިސާޗް ފައުންޑޭޝަން އެސްއާރްއެފް) މިއަދު އިފުތިތާހުކޮށްފި އެވެ.
އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފައުންޑޭޝަން އިފްތިތާހުކޮށް ދެެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.
ސްޓެލްކޯ އިން ބުނީ މިއީ ރާއްޖޭގެ ރިސާޗާއި އުފެއްދުންތެރިކަމުގެ ދާއިރާ، އާ ހަރުފަތަކަށް ގެންގޮސް ސައިންސާއި ޓެކްނޮލޮޖީ އާއި އިންޖީނިއަރިން އާއި އާރޓްސް އަދި މެތެމެޓިކްސް ހިމެނޭ ސްޓެމްގެ ދާއިރާތައް ކުރި އެރުވުމަށް އެންމެ ޒަމާނީ ދިރާސާތަކާއި އަލަށް ތައާރަފްވަމުން އަންނަ ޓެކްނޮލޮޖީ ހޯދުމާއިއެކު، އެއަށް އަހުލުވެރިވެ، ގައުމު ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަށް ބޭނުންވާ ހަރުދަނާ އަދި ޒަމާނީ ހައްލުތައް ހޯދައިދިނުމުގެ މަގުސަދުގައި އިފްތިތާހުކުރި ފައުންޑޭޝަންއެއް ކަމަށެވެ.
އެގޮތުން ފައުންޑޭޝަން މެދުވެރިކޮށް ދިވެހިންނަށް އިތުރު ފުރުސަތުތަކެއް ހޯދައި ދެވޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ރިސާޗް ފައުންޑޭޝަންގެ ވެބްސައިޓް ވެސް މިއަދު އިފުތިތާހުކުރި އެވެ.
އެސްއާރުއެފްގެ ވައިސް ޗެއާޕާރސަން އަދި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ އަލީ އަޒުވަރު ވިދާޅުވީ މިއަދަކީ އެންޑީގެ އިސްނެންގެވުމާއި ސީދާ ބެއްލެވުމުގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުންފުނީގެ ހަޔާތުގައި އިތުރު ހަރުފަތަކަށް ދިއުމަށް މަގުކޮށިގެން ދިޔަ އުފާވެރި ދުވަހެއް ކަމަށް ކަމަށެވެ.
ފަހުމީ ވިދާޅުވީ އެ ރިސާޗް ފައުންޑޭޝަންގެ މައިގަނޑު މަގުސަދަކީ އެ ފައުންޑޭޝަން މެދުވެރިކޮށް ރާއްޖޭގެ ކުރިއެރުމަށް ކަންތައްތަކެއް ކޮށްދިނުން ކަމަށެވެ.