Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށް ދޭނެ

އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓްގައި ކައިވެނިކޮށް ދޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ކޯޓުން ވަނީ އެގޮތަށް އަމަލު ކުރަން ނިންމާފައިވާތީ ރަސްމީ ދުވަސްތަކާއި ހަފުތާ ބަންދު ދެ ދުވަހުގައި ކައިވެނިކޮށް ދޭނެ ގަޑިތައް ވެސް އިއުލާންކޮށްފަ އެވެ.

ރަސްމީ ދުވަސްތަކުގައި ކައިވެނިކޮށްދޭ ގަޑިތައް:

* ހެނދުނު 09:00 އިން 11:30 އަށް
* މެންދުރު ފަހު 01:00 އިން 01:30 އަށް
* މެންދުރު ފަހު 03:00 އިން ރޭގަނޑު 09:30 އަށް

ހަފުތާ ބަންދުގައި ކައިވެނިކޮށްދޭ ގަޑިތައް:

* މެންދުރު ފަހު 03:00 އިން ރޭގަނޑު 09:30 އަށް (ހުކުރު)
* ހެނދުނު 10:00 އިން ރޭގަނޑު 09:30 އަށް (ހޮނިހިރު)

މީގެ އިތުރުން ކޯޓުން ބޭރުގައި ހަފުތާފެ ހުރިހާ ދުވަހެއްގައި ވެސް ކައިވެނިކޮށް ދޭނީ މެންދުރު ފަހު 03:00 އިން ރޭގަނޑު 09:30 އަށެވެ.