ކުރީގެ ސަރުކާރުން ފެށީ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބުނު އެއްވެސް މީހެއްގެ ހައްގެއް ގެއްލިގެން ނުދާނެމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.
އެ ސްކީމްގެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) އިން ގޯތިތަކެއް ދޫކުރިކަމުގެ މައްސަލަތަކެއް ފެންމަތިވެ، އެ މައްސަލަ ފުލުހުން ވެސް ތަހުގީގު ކުރަން ފެށުމާ އެކީ އެޗްޑީސީގެ ޗެއާމަން ފިޔަވައި ބޯޑުގެ ހުރިހާ މެންބަރުން މިއަދު ސަސްޕެންޑްކުރުމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ގޯތި ލިބުނު އެއްވެސް މީހެއްގެ ހައްގު ނުގެއްލޭނެ ކަމަށެވެ.
"މިކަމާ ގުޅިގެން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ހައްްގަކަށް އުނިކަމެއް ލިބިފައި ނުވާކަން އަދި ނުވެސް ލިބޭނެކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކަށް އަރުވަން." އޭނަ ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށްގެން ދިޔަ "ބިންވެރިޔާ" ސްކީމްގެ ދަށުން 9،000 އަށް ވުރެ ގިނަ ގޯތި މާލެ ސަރަޙައްދުން ދޫކުރަން ނިންމި އެވެ. އެގޮތުން ގޯތި ލިބުނު އަދަދެއްގެ ބަޔަކާ އޮތީ ލިޔުން ވެސް ހަވާލުކޮށްފަ އެވެ.