Last Updated: July 13, 09:19
Monday, July 13, 2026
ޚަބަރު

ކުޅިވަރު އެސޯސިއޭޝަންތަކާ މިނިސްޓަރު ބައްދަލުކޮށްފި

ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާކޮށް، މިނިސްޓްރީއާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މިނިސްޓަރު އަބްދުﷲ ރާފިއު އެސޯސިއޭޝަންތަކާ ބައްދަލު ކުރައްވައި މަޝްވަކުރައްވައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި އެސޯސިއޭޝަންތަކުގެ އަހަރީ ރިޕޯޓްތައް ތައްޔާރުކުރުމާއި، އެ އެސޯސިއޭޝަންތައް ހިންގާ ހަރަކާތްތަކުގެ ކަލަންޑަރު ތައްޔާރުކުރުމުގައި ބެލޭނެކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި އެވެ.

އެ ބައްދަލުވުމުގެ ސަބަބުން މިނިސްޓްރީ އާއި އެސޯސިއޭޝަންތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވުމުގެ އިތުރުން މިނިސްޓްރީގެ ހަރާކަތްތައް ޕްލޭންކުރުމުގައި ފަސޭހަތަކެއްވާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުންޏެވެ.