Last Updated: May 12, 12:08
Monday, May 12, 2025
ޚަބަރު

އިމިގްރޭޝަނުން ބިދޭސީއަކު ހޯދަނީ

އިމިގްރޭޝަނަށް ބިދޭސީއަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ އިދާރާ އިން ބުނީ މުހައްމަދު އަމީރު ހުސައިން ކިޔާ 35 އަހަރުގެ ބަންގްލަދޭޝް މީހާ ފަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގެ ފޭސް ދޭއްގައި ހުންނަ ޑިޓެންޝަން ސެންޓަރަށް ހާޒިރުވާން އަންގާ ކަމަށެވެ. އަދި އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އިމިގްރޭޝަންގެ 7980408 އަށް ގުޅައި ހިއްސާކޮށް ދޭން ވެސް އެދިފައިވެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހޯދަން އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ވަރަށް ފުޅާކޮށް އޮޕަރޭޝަނެއް ހިންގަމުން އަންނަ އިރު، މި އޮޕަރޭޝަންގެ ތެރެއިން އަތުލަގަތް މީހުންގެ ތެރެއިން މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން އެ މީހުންގެ ގައުމުތަކަށް ޑީޕޯޓްކޮށްފައިވެ އެވެ.

މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ.