Last Updated: July 12, 05:49
Saturday, July 12, 2025
ދުނިޔެ

އީލޮންގެ މިލްކިއްޔާތު 500 ބިލިއަނަށް

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކްގެ މިލްކިއްޔާތު މިހާރު 500 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ބްލޫމްބާގް ބިލިއަނާސް އިންޑެކްސްގައި ބުނެފި އެވެ.

މިއާ އެކީ އޭނަވެފައި ވަނީ މިލްކިއްޔާތު އެ އަދަދަށް އެރި ފުރަތަމަ މަހުޖަނަށެވެ.

އީލޮންގެ މިލްކިއްޔާތު 500 ބިލިއަން ޑޮލަރަށް އެރުމުގެ ކުރިން މި މަހުގެ 11 ގައި އޭނަގެ މިލްކިއްޔާތު 400 ބިލިއަން ޑޮލަރުން މައްޗަށް ވެސް އެރި އެވެ. އަދި މިލްކިއްޔާތު 500 ބިލިއަނަށް އެރީ ހަފުތާއެއްހާ ދުވަހުގެ ތެރޭގަ އެވެ.

އީލޮން އަކީ ޓެސްލާ އާއި ސްޕޭސް އެކްސްގެ އިތުރުން އެކްސް ފަދަ ބޮޑެތި ކުންފުނިތަކުގެ ވެރިޔާ އެވެ.