ސްޓާ ޕްލަސް އިން ގެނެސްދިން މަގުބޫލު ސިލްސިލާ "ސާތު ނިބާނާ ސާތިއާ" ގައި ގޯޕީ ބަހޫގެ ރޯލު ކުޅުނު ޑެވޮލީނާ ބަޓަޗަޖްރީ އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.
އުމުރުން 39 އަހަރުގެ ބަތަލާ ވިހެއީ އިއްޔެ އެވެ. މިއީ ޑެވޮލީނާގެ ފުރަތަމަ ދަރިފުޅެވެ. ދަރިފުޅު ލިބުނު ވާހަކަ އިންސްޓަގްރާމްގައި މިއަދު ހިއްސާކުރުމާ އެކީ ވަރަށް ގިނަ ބަޔަކު އަންނަނީ މިހާރު މަރުހަބާ ވެސް ކިޔަމުންނެވެ.
ޑެވޮލީނާ އާއި ޝަންވާޒް ޝައިހް ކައިވެނިކުރީ 2022 ގަ އެވެ.
"ސާތު ނިބާނާ ސާތިއާ" ގެ އިތުރުން ޑެވޮލީނާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ލާލު އިޝްގް" އާއި "ދިލް ދިޔާ ގައްލާން" ހިމެނެ އެވެ. އޭނަ އަކީ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 13 އާއި 15 ވަނަ ސީޒަންގައި ވެސް ވާދަކޮށްފައިވާ ތަރިއެކެވެ.