Last Updated: May 12, 12:08
Monday, May 12, 2025
ޚަބަރު

މެރިން ޕޮލިސްގެ ވެރިޔާ އަދުނާން ރިޓަޔާކޮށްފި

މެރިން ޕޮލިސްގެ ވެރިޔާ އިބްރާހިމް އަދުނާން އަނީސް ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރައްވައިފި އެވެ.

ރިޓަޔާކުރެއްވި ވާހަކަ އޭނަ ފޭސްބުކްގައި ވެސް ހިއްސާކުރައްވާފައިވެ އެވެ. އެ ޕޯސްޓްގައި އަދުދާން ވިދާޅުވީ ވަޒީފާ އަދާކުރެއްވި 36 އަހަރާއި 11 މަހާއި 21 ދުވަހު އެންމެ ބޮޑު ހިދުމަތެއް ކުރެއްވީ މެރިން ޕޮލިސްގެ ހިދުމަތް ހަރުދަނާކޮށް ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ކަމަށެވެ.

އަދުނާނަކީ ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ހާދިސާއާ ގުޅިގެން ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން ކުރިން ފުލުހުންގެ ވަޒީފާއިން ވަކި ވެސް ކުރި ބޭފުޅެކެވެ. ނަމަވެސް އަލުން އޭނަ އަށް ވަޒީފާ ލިބިވަޑައިގަތީ ކޯޓުގެ ނިންމުމަކާ އެކު އެވެ.