Last Updated: May 11, 14:31
Sunday, May 11, 2025
ޚަބަރު

'ބިންވެރިޔާ' ގެ ޖިނާއީ ތަހުގީގަކަށް ޕީޖީ އަމުރުކޮށްފި

"ބިންވެރިޔާ" އާއި "ގެދޮރުވެރިޔާ" ސްކީމަށް އެދި ފޯމު ބަލައިގަތުމުގަ އާއި ގޯއްޗާއި، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި، ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާތީ އެ ދެ ސްކީމާ ގުޅޭ، ޖިނާޢީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓަރޖެނެރަލް އައްބާސް ޝަރީފް އަމުރުކުރައްވައިފި އެވެ.

ޕީޖީ އޮފީހުން ބުނީ، މިއީ ޢާންމު މަސްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ މިކަމަކީ ފުރިހަމަ ޖިނާއީ ތަޙުޤީޤެއް ހިންގަން ޖެހޭ ކަމެއް ކަމަށް ޕީޖީ ދެކެވަޑައިގަންނަވާ ކަމަށެވެ.

އެހެންވެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ޅ) ގެ ދަށުން ޕީޖީ އަސް ލިބިދޭ ބާރުގެ ދަށުން، "ބިންވެރިޔާ" އާއި "ގެދޮރުވެރިޔާ" ސްކީމްގެ ފޯމު ބަލައިގަތުމާއި، ފްލެޓާއި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމާއި، ގޯއްޗާއި ފްލެޓް ދޫކުރުމުގައި ޢަމަލުކޮށްފައިވާ ގޮތުގެ ތަޙުޤީޤެއް ހިންގުމަށް ފަހު، އެކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭ ނަމަ، އެކަން ތަޙުޤީޤުކުރުމަށް ފަހު ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ހުށަހެޅުމަށް، ފުލުހުންގެ ޚިދުމަތަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ) އަށް އަމުރުކޮށްފައިވެ އެވެ

ޕީޖީން ބުނީ މި މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތް، ކޮންމެ ހަފުތާއަކު އެއްފަހަރު ޕީޖީއާ ޙިއްޞާކުރަމުން ގެންދިއުމަށާއި، މައްސަލައިގެ އަވަސް ތަހުގީގެއް ހިންގަން ޕީޖީ އަމުރުކުރައްވާފައިވާ ކަމަށެވެ.