Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

އޭވިއޭޝަނާއި ޓްރެވަލް އިންޑަސްޓްރީއާއެކު ބައްދަލުވުމެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އޭވިއޭޝަން އެންޑް ޓްރެވަލް އިންޑަސްޓްރީ ސްޓޭކްހޯލްޑާ އިވެންޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބާއްވައިފި އެވެ.

މި އިވެންޓުގައި މިނިސްޓްރީ އޮފް ޓުއަރިޒަމް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް
އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)، މޯލްޑިވްސް އެސޯސިއޭޝަން ޓްރެވަލް އިންޑަސްޓްރީ (މަޓީ)، ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އަދި މޯލްޑިވްސް ޔޮޓް އެސޯސިއޭޝަން (މާޔާ) އާއި އެމްއޭސީއެލްގެ ސީނިއާ މެނޭޖްމަންޓާއިރާއްޖޭގައި އޮޕަރޭޓްކުރާ އެއާލައިންތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ ވާހަކަފުޅުގައި ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ދެންނެވުމުގެ މުހިއްމު ކަމާއި އެ އަމާޒަށް ވާސިލުވުމަށް މި ދާއިރާގައި ހަރަކާތްތެރިވާ އެންމެންގެ މަސައްކަތް ފާހަގަކުރެއްވި އެވެ.

އަދި އެހެން އެއާލައިންތަކާއި، ރޫޓުތަކާއި ކާގޯ ރޫޓުތައްވެސް އިތުރު ކޮށްގެން ކަނެކްޓިވިޓީ ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ޝަރީފް އަލިއަޅުއްވާލެއްވި އެވެ.

ޝަރީފް ވިދާޅުވީ ދެ ދާއިރާގެ ކުރިއެރުންވެސް ބިނާވެފައިވަނީ ދެމެހެއްޓެނިވި އެއްބާރުލުމާއި ހަރުދަނާ ޕާޓްނާޝިޕްގެ މައްޗަށް ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ޚިދުމަތައް ލިބޭ ކުރިއެރުމަކީ ދެ ދާއިރާ ހިއްސާވާ ކާމިޔާބީއެއް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.