Last Updated: May 13, 23:15
Tuesday, May 13, 2025
ދުނިޔެ

ކުނީގެ ގަވާއިދާ ހިލާފުވާ މީހުުންގެ ނަން އާންމު ކުރަނީ

ޖަޕާންގެ ފުކްޝިމާ ސިޓީގައި ކުނި މެނޭޖްކުރަން ހުރަސް އެޅޭ ގޮތަށް އަމަލު ކުރާ މީހުންގެ ނަން އާންމު ކުރަން ނިންމައިފި އެވެ.

މިފަދަ އުސޫލެއް ފުކްޝިމާގެ މުނިސިލަޕް އިނ އެކުލަވާލައި އަންނަ އަހަރުގެ މާޗް މަހުން ފެށިގެން އަމަލުކުރަން ފަށާނެކަން އިއުލާންކުރީ އަންގާރަ ދުވަހު އެވެ. އެގޮތުން ކުނި ނެރޭ އިރު އަމަލު ކުރަން ޖެހޭ ގޮތަށް ހޮލާފަށް ކުނި ނެރުމާއި ކަނޑައަޅާފައިވާ ލިމިޓަށް ވުރެ އިތުރަށް ކުނި ނެރޭ މީހުންގެ ނަން އާންމުކުރާނެ އެވެ.

އޭގެ ތެރޭގައި އާންމު ފަރާތްތަކާއި ވިޔަފާރިތައް ވެސް އިސްތިސްނާ ނުވާ ގޮތަށް އުސޫލު ތަންފީޒު ކުރަން ވަނީ ނިންމައިފަ އެވެެ.

މި ބަދަލާ އެކީ ފުކްޝިމާ ވާނީ ޖަޕާންގެ ސިޓީއެއްގައި މިފަދަ އުސޫލެއް ކުނި މެނޭޖްކުރަން ކުރާ މަސައްކަތްތަކާ ގުޅިގެން ތަންފީޒު ކުރާ ފުރަތަމަ ސިޓީއަށެވެ.

ޖަޕާނަކީ މިހާރު ވެސް ކުނި މެނޭޖްކުރުމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅެމުން އަންނަ ގައުމެކެވެ.