އެންސްޕާގެ ޑެޕިއުޓީ ސީއީއޯ ޝިއުނާ އަހުމަދު މަގާމުން ވަކިކޮށްފި އެވެ.
އޭނަ މަގާމުން ވަކިކޮށްފައި ވަނީ އިއްޔެ އެވެ. އެކަމަކު މަގާމުން ވަކިކުރި ސަބަބެއް މިހާތަނަށް ސާފެއް ނުވެ އެވެ.
ނަމަވެސް ޝިއުނާ މަގާމުން ވަކިކުރި މި ދަނޑިވަޅަކީ އެންސްޕާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކުރެވިފައިވާ ދަނޑިވަޅެއްކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ދާދި ފަހުން ލޯންޗްކުރިއޮތް އެމްއެމްޓީވީ ހިންގަން އެ އެޖެންސީއަށް އޮފީހެއް ހޯދުމަށް ކަމަށް ބުނެ އެންސްޕާ އިން ފައިސާތަކެއް ދިން މައްސަލައެއް ފެންމަތިވެފައިވެ އެވެ.
ޝިއުނާ އަކީ ރައީސް މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން ވަކިކުރި އާދަމް ރަމީޒުގެ ކޮއްކޮ އެވެ.
އެންސްޕާގެ ސީއީއޯ އަކީ ސަރުކާރުގެ ތަރުޖަމާނުގެ މަގާމުގައި ވެސް ހުންނެވި ހީނާ ވަލީދެވެ.