Last Updated: July 28, 06:15
Monday, July 28, 2025
ޚަބަރު

ހައުސިންގެ މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފި

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު.

"ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައުސިން މިނިސްޓްރީ ސިޔާސީ މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ސަސްޕެންޑްކުރީ އެ މިނިސްޠްރީގެ 10 މުވައްޒަފެކެވެ. އޭގެ ތެރޭގައި ހިމެނެނީ ޑެޕިއުޓީ މިނިސްޓަރުންނާއި ޕޮލިޓިކަލް ޑައިރެކްޓަރުންތަކެކެވެ.

ނަމަވެސް މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ހައުސން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "ބިންވެރިޔާ" ސްކީމްގެ ތެރެއިން ގޯތީގެ ވަގު މުއާމާތަކެއް ހިންގި މައްސަލަ ކަމާބެހޭ ފަރާތްތަކުން މިހާރު ތަހުގީގު ކިުރަމުން އަންނަ އިރު، އެ ސްކީމާއި "ގެދޮރުވެރިޔާ" ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން އިއްޔެ ޕްރޮސެކިއުޓަ ޖެނެރަލް އައްބާސް ޝަރީފު ފުލުހުންމަށާއި އެންޓި-ކޮޕަރްޝަން ކޮމިޝަން އޭސީސީ) އަށް އަމުރުކުރައްވާފައިެވ އެވެ.

އެހެންވެ އެ އިދާރާތަކުން ވަނީ އެ ތަހުގީގު މިހާރު ފަށައިފަ އެވެ.

އެގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ވެސް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވެސް ސަސްޕެންޑްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލާފައިވެ އެވެ. އަދި އޭނަ އިސްތިއުފާ ދެއްވަން ވެސް އެ ޕާޓީން ގޮވައިލި އެވެ.