Last Updated: May 13, 23:15
Tuesday, May 13, 2025
ދުނިޔެ

'އެމްއެޗް370' ހޯދަން އަލުން ފަށަނީ

މީގެ 10 އަހަރު ކުރިން ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ބޯޓް 'އެމްއެޗް370' ހޯދަން އާ އޮޕަރޭޝަނެއް ފެށުމަށް އެ ގައުުމުގެ ސަރުކާރުން މިއަދު ނިންމައިފި އެވެ.

މިކަން ހާމަކުރައްވައި ޓްރާންޕޯޓް މިނިސްޓަރު އެންތަނީ ލޯކީ ވިދާޅުވީ 2014 ގައި 239 މީހުންނާ އެކު ގެއްލުނު ބޮއިން777 މަރުކާގެ ބޯޓް ހޯދުމުގެ އާ މިޝަން ކުރިއަށް ގެންދަން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އެހެންވެ އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކުރިން ވެސް ބޯޓް ހޯދުމުގެ ނާކާމިޔާބު މިޝަނެއް ކުރިއަށް ގެންދިޔަ އެމެރިކާގެ މެރިން އެކްސްޕްލޮރޭޝަން ކުންފުނި، "އޯޝަން އޮންފިނިޓީ" ހަވާލުކޮށްގެން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި 'އެމްއެޗް370' ހޯދަން ކުރާ މަަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ "ނޯ ފައިންޑް ނޯ ފީ" އެއްބަސްވުމެއްގެ ދަށުންނެވެ. މާނަ އަކީ އެކަމަށް މެލޭޝިއާ އިން އެއްވެސް ފީއެއް ދައްކާނީ "އޯޝަން އިންފިނިޓީ" އާ ހަވާލުކޮށްގެން ބޯޓް ފެނިއްޖެ ނަމަ އެވެ.

މި ފަހަރުގެ މިޝަންގެ ތެރޭގައި ދެކުނު އިންޑިއާ ކަނޑުގެ 15،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ބަލާނެ އެވެ.

މި މަސައްކަތް "އޯޝަން އިންފިނިޓީ" އާ ހަވާލުކޮށްގެން ކުރިން ކުރިއަށް ގެންދިޔައީ 2018 ގަ އެވެ. އެ ފަހަރު ކުރިއަށް ގެންދިޔަ މިޝަން ނާކާމިޔާބުވެ މަސައްކަތް ހުއްޓައިލީ މިޝަން ފެށިތާ ތިން މަސް ފަހުންނެވެ.

ގިނަ އާއިލާތަކެއްގެ ޖަޒުބާތާ ވަރަށް ބޮޑަށް ގުޅިފައިވާ 'އެމްއެމްއެޗް370' ހޯދަން 2017 އާ ހަމައަށް ދެ އަހަރުގެ މިޝަނެއް މެލޭޝިއާ އިން އެކި ގައުމުތަކާ ގުޅިގެން ކޮށްފައިވެ އެވެ. އަދި އެކަމަށް 150 މިލިއަން ޑޮލަރު ހޭދަވެފައިވެ އެވެ.

"އެމްއެޗް370" ގެ ހާދިސާ ބޮޑު އަރަތެއްގެ ގޮތުގައި އޮތް އިރު، އެ ބޯޓް ގެއްލުމާ ގުޅޭ ގޮތުން ތަފާތު އެތަކެއް ތިއަރީތަކެއް މިހާތަނަށް އެކި ފަރާތްތަކުން ނެރެފައިވެ އެވެ.