Last Updated: July 18, 21:48
Friday, July 18, 2025
ޚަބަރު

އުރީދޫ ފަން ރަންއަށް ބޮޑު ތަރުހީބެއް

އުރީދޫ މޯލްޑިވްސްގެ "ފަން ރަން" ހުޅުމާލޭގައި ބާއްވައިފި އެވެ.

އުރީދޫ ފަން ރަންގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެންނެވިއިރު، މި ރަންގައި އެކި އުމުރުފުރާގެ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.

ރަން ކުރިއަށް ދިޔައިރު ތަފާތު ކުޅިވަރު ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު، އެންމެ އުފާވެރި މި ދުވުމަކީ ހުރިހާ އުމުރެއްގެ އާއިލާތަކަށާއި ރަހުމަތްތެރިންނަށް ވެސް މަޖާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ މަޖާ 5ކޭ ދުވުމެކެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމުމުގެ ފުރުސަތު އޮވެ އެވެ.

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަޤުބޫލު އެއް ހަރަކާތެވެ.