Last Updated: July 18, 21:48
Friday, July 18, 2025
ޚަބަރު

އުރީދޫ ފަން ރަން ފުވައްމުލަކަށް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން ކަމަށްވާ އުރީދޫ ފަން ރަން 2025 ގެ އެޑިޝަން ފުވައްމުލަކު ސިޓީގައި ބޭއްވުމަށް ނިންމައިފި އެވެ.

އުރީދޫ ފަން ރަން 2025 ގެ ރީޖަނަލް އެޑިޝަން ފުވައްމުލަކުގައި އުރީދޫ އިން ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާން ކުރީ މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި އުރީދޫ ފަން ރަން ފެށުމުގެ ކުރިންނެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އުރީދޫ ފަން ރަންގެ އުފާވެރި ރޫހު ރަމްޒުކޮށްދޭ ރަމްޒީ ހަނދާނީ ފިލައެއް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ ވަނީ ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގަށް އަރުވާފަ އެވެ.

މިއަހަރުގެ އުރީދޫ ފަން ރަންގައި އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު، މި ދުވުމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ރަން ކުރިއަށް ދިޔައިރު ތަފާތު ކުޅިވަރު ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

އުރީދޫ ފަން ރަން އަކީ ހުރިހާ އުމުރެއްގެ އާއިލާތަކަށާއި ރަހުމަތްތެރިންނަށް ވެސް މަޖާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ މަޖާ 5ކޭ ދުވުމެކެވެ.