Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލައަށް ޑިމޮކްރެޓްސް ތަދައްޚުލްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަށް ޑިމޮކްރެޓްސް ތަދައްޚުލްވެއްޖެ އެވެ.

އެ މައްސަލަ މިދިޔަ މަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ.

އޭނަ ހުށަހެޅުއްވު މައްސަލާގައި ބުނެފައި ވަނީ އެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށް، ރައީސް އެ ތަސްދީގު ކުރެއްވި އިރު އެ އިސްލާހަކީ ގާނޫނުއަސާސީ އަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފަށް ކަމަށެވެ.

އެހެންވެ އަލީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އަދި އެ އިސްލާހު ބާތިލުކުރުމަށް އެދިވަޑައިގެންނެވެ.