Last Updated: May 11, 15:16
Sunday, May 11, 2025
ޚަބަރު

ސްޕޯޓްސް ފިޝިން ބަނދަރުތައް އެންމެ ޒަމާނީކޮށް

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ގާއިމު ކުރަން ނިންމާފައިވާ ސްޕޯޓްސް ފިޝިންއަށް ހާއްސަ ބަނދަތުތައް ތަރައްޤީކުރާނީ އެންމެ ޒަމާނީ ފެންވަރަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީން އިންތިޒާމުކޮށްގެން ރާއްޖޭގައި އަންނަ އަހަރު ބާއްވާ ބައިނަލްއަގުވާމީ ސްޕޯޓްސް ފިޝިން މުބާރާތް "ބުރުނު ބޮމަ" އިފުތިތާހު ކުރަން ބޭއްވި ހަފުލާގައި މިނިސްޓަރު ވިދާޅުވީ ވިދާޅުވީ ސްޕޯޓްސް ފިޝިންއަށް އޮންނަ ތަރުހީބު އިތުރުވަމުން އަންނަ އިރު، އެ ދާއިރާ އިތުރަށް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

"ރައީސުލްޖުމްހުރިއްޔާގެ ވިސްނުންފުޅަކީ ރާއްޖޭގައި މި ގްރޯވަމުން އަންނަ ސްޕޯޓްސް ފިޝިން ކޮމިއުނިޓީއަށް ހައްލުތަކެއް ދިނުމުގެ އިތުރުން، މި ބަނދަރުތަކަކީ ރާއްޖެއިން ބޭރުން ސްޕޯޓްސް ފިޝިން އަށް ޝައުގުވެރިވެގެން އަންނަ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމްވެފައި ހުރި ބަނދަރުތަކަކަށް ހެދުން." ޝިޔާމް ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްގީ ކުރާނެ ފަސް ސަރަހައްދު ވެސް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އެ ބަނދަރުތައް ތަރައްގީ ކުރަން ހަމަޖެހިފައި ވަނީ މަހުގެ ވިޔަފާރިކުރާނެ ގޮޅިތަކާއި މުބާރާތްތައް ރާވާ ހިންގާނެ އިދާރީ އޮފީހާއި، ރެސްޓޯރަންޓާއި ކެފޭތަކާއި މަސްވެރިކަމާއި ގުޅޭ ތަކެތި ވިއްކާ އަދި ހިދުމަތް ދޭ ތަންތަނާއި، ބާބަކިޔު ހެދޭނެ އިންތިޒާމްތަކާވެސް އެކީގަ އެވެ.