Last Updated: June 28, 04:10
Saturday, June 27, 2026
ޚަބަރު

ކާނަލް ނާޒިމް ބޭސް ފަރުވާއަށް މާލެ ގެނެސްފި

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަމުގެ ކުށް ސާބިތުކޮށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ބޭސްފަރުވާއަށް މިއަދު އަނެއްކާވެސް އައިޖީއެމްއެޗަށް ގެނެސްފިއެވެ.

ނާޒިމް ބޭސްފަރުވާއަށް މާލެ ގެނެސްފައިވާ އިރު މިއަދުގެ ވަގުތެއްގައި އެމަނިކުފާންގެ ބަންދުގެ ބަކީ މުއްދަތު ގޭ ބަންދަށް ބަދަލު ކުރަން އުޅޭ އަޑުތަކެއް ވަނީ ފެތުރިފައެވެ.

ނާޒިމް ބޭސްފަރުވާއަށް މިއަދު މާލެ ގެނައި އިރު މީގެ ހަފްތާއެއްހާ ދުވަސް ކުރިންވެސް އެމަނިކުފާނަށް އައިޖީއެމްއެޗްއިން ވަނީ ފަރުވާ ދީފައެވެ.