Last Updated: May 11, 14:59
Sunday, May 11, 2025
ޚަބަރު

ގަމުގައި އިކޯ-ޓޫރިޒަމް ހޮޓަލެއް އަޅަން ސޮއިކޮށްފި

ލ. ގަމުގައި 52 ކޮޓަރީގެ އިކޯ-ލަގްޒަރީ ހޮޓަލެއް އަޅަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ ރަށު ކައުންސިލުން މި އެއްބަސްވުން ހެދީ ބައިސަން ޓްރެވެލް މޯލްޑިވްސްއާ އެކީގަ އެވެ.

ގަމު ކައުންސިލުން ބުނީ މި މަޝްރޫއުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ފަޒީފާގެ ފުރުސަތުތައް ހުޅުވި، ރަށުގެ އިގުތިސާދަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ގަަމުގެ ޓޫރިޒަމް ދާއިރާއަށް އިތުރު ކުރިއެރުންތައް ލިބިގެން، ރަށުގެ މަގުބޫލުކަން ވެސް ބޮޑުވެގެން ދާބނެ ކަމަށް ކައުންސިލުން ބުންޏެވެ.

މި އިކޯ-ހޮޓަލުގައި ލަގްޒަރީ ޑުޕްލެކްސް ގެސްޓް ވިލާ އާއި ކޮފީ ބާގެ އިތުރުން ޑައިނިން ފެސިލިޓީ އަދި ސްވިމިން ޕޫލަކާއި ރެކްރިއޭޝަނަލް ސަރަހައްދެއް ވެސް ގާއިމު ކުރާނެ އެވެ.

ގަމަކީ މިހާރު ވެސް ގިނަ އަދަދެއްގެ ގެސްޓްހައުސްތައް ހިންގަމުން އަންނަ ރަށެކެވެ.