Last Updated: July 16, 15:40
Thursday, July 16, 2026
މުނިފޫހިފިލުވުން

ޑާކް ރެއިނުން ދެން ގެންނާނީ "ޕްރޮޖެކްޓް 37"

ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ ފުރަތަމަ ފިލްމަކަށް ވާނީ "ޕްރޮޖެކްޓް 37" ކަމަށް އެ ސްޓޫޑިއޯ އިން ބުނެފި އެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފެށި ފިލްމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ސީދާ ތާރީހެއް އަދި ފައިނަލެއް ނުކުރެ އެވެ. އެކަމަކު މޮގާ ވަނީ އަންނަ އަހަރު ޑާކް ރެއިންގެ ފުރަތަމަކަށް ވާނީ ވާކިން ޓައިޓްލްއަކަށް "ޕްރޮޖެކްޓް 37" ބޭނުން ކުރަމުން އަންނަ ފިލްމުކަން ކަށަވަރުކޮށް ދީފަ އެވެ.

މި ފިލްމަކީ އެ ސްޓޫޑިއޯ އިން މި އަހަރުގެ މާޗްގައި ގެނެސްދިން ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" ވެސް ލިޔުނު އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް، އޭގެ ޑައިރެކްޓަރު އަލީ ޝިފާއު ޗިއްޕެ) އާއި ފިލްމުގެ ވިލަން ރަވީ ފާރޫގް ގުޅިގެން ޑައިރެކްޓްކުރާ އެކްޝަން ތުރިލާއެކެވެ.

"ޕްރޮޖެކްޓް 37" ގެ ކާސްޓްގައި ރަވީ އާއި މައިޝާ އާދަމް، ޝިލާ ނަޖީބް، އާދަމް ރިޒްވީ، މޫސާ އަލީފް އަހުމަދު ޝާކިރު ޝާއްކޮ (އައްމަޑޭ)، މުހައްމަދު ހާޒިފް އަދި ރަޒާން ހިމެނެ އެވެ.

ޑާކް ރެއިންގެ އެންމެ ފަހުގެ ފިލްމަކީ އޮކްޓޯބަރުގައި ގެނެސްދިން ހޮރޯ-ކޮމެޑީ "ބިބީ" އެވެ.