Last Updated: June 6, 22:05
Saturday, June 6, 2026
ޚަބަރު

ނަޝީދު ދޫކުރާނެ ކަމުގެ އުއްމީދުގައި ހިތަދޫގައި ބޮޑިބަތް ކައްކަނީ

އެމްޑީޕީ އިން ހިތަދޫގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މިނިވަންކުރާނެ ކަމުގެ އުއްމީދުގައި ތިބި އެމަނިކުފާނަށް ތާއީދު ކުރާ ހިތަދޫގެ ރައްޔިތުން ބޮޑިބަތް ކައްކަމުން އެބަގެންދެއެވެ.

އެމްޑީޕީގެ އިސް އެކްޓިވިސްޓުންތަކެއްގެ އިސްނެގުމަށް ބޮޑިބަތް ކެއްކުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު މިއަދު މެންދުރުގެ ވަގުތެއްގައި ރައީސް ނަޝީދަށް މައާފު ދެއްވުމަށް ފަހު އެމަނިކުފާނު މިނިވަންކުރާނެ ކަމަށް ބައެއް މީޑިޔާތަކުގައި ވަނީ ހަބަރު ފަތުރާފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިރޭ ނުވަތަ މިއަދު ހަވީރެއްގެ ވަގުތެއްގައި އެމްޑީޕީގެ މެންބަރުން ވަނީ އުފާ ފާޅުކުރުމުގެ ގޮތުން ހާއްސަ ޖާފަތެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.