Last Updated: May 11, 18:14
Sunday, May 11, 2025
ޚަބަރު

"ހާލު ކިހިނެއް؟" ރ. އަތޮޅުގައި

ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމު ރ. މީދު އާއި ހުޅުދުއްފާރުގައި ފަށައިފި އެވެ.

މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޙާލު ބަލައި ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މީދު އާއި ހުޅުދުއްފާރުގެ ގެތަކަށް ޒިޔާރަތް ކުރަން ފަށާފައިވާ އިރު، މި ޕްރޮގްރާމުގެ ދަށުން، ރ. އިނގުރައިދޫ، ކިނޮޅަސް އަދި ފައިނުގެ ހުރިހާ ގޭބީސީތަކަށް ވެސް ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

"ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން އެހީތެރިކަން ހޯދުމަށް އެދޭ ފަރާތްތަކުން މިނިސްޓްރޫގެ ނަންބަރު 1433 އަށް ގުޅުއިގެން އެހީތެރިކަމަށް އެދެވޭނެ އެެވެ.