Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

'ގެދޮވެރުވެރިޔާ' އަށް އަލުން ފޯމްލާން ބުނެ ސްކޭމެއް

ހައުސިން މިނިސްޓްރީގެ ލިޔެކިއުންތަކެއް އެނދުމާ ގުޅިގެން "ގެދޮރުވެރިޔާ" ސްކީމްގެ ފްލެޓްތަކަށް އަލުން ފޯމު ލުމުގެ ފުރުސަތު ހުޅުވާލައިފި ކަމަށް ބުނެ ސައްހަ މެސެޖެއް ފޮނުވަމުންދާތީ ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ މިއީ ސްކޭމަކަށްވާތީ ސަމާލުވާން ވެސް އެދޭ ކަމަށެވެ.

މީގެ ކުރިން ވެސް މިފަދަ ސްކޭމްތައް ބޯހިޔާވަހިކަމުގެ ތަފާތު މަޝްރޫއުތަކާ ގުޅުވައިގެން ހިންގާފައިވެ އެވެ. އަދި އެކަން އާންމުންގެ ސަމާލު ކަމަށް ފުލުހުން ގެނެސްފައިވެ އެވެ.