Last Updated: May 13, 23:15
Wednesday, May 14, 2025
ޚަބަރު

ސިފްކޯ އިން ވެމްކޯގެ ފޮޅާ ސާފުކުރުމުގެ ހިދުމަތް ހޯދަނީ

ސިފްކޯ އިން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ފޮޅާ ސާފު ކުރުމުގެ ހިދުމަތް ހޯދުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ވެމްކޯގެ ފޮޅާ ސާފު ކުރުމުގެ ހިދުމަތް ކަމަށްވާ "ހޮބާ"އަށް ސިފްކޯ އިން ރަޖިސްޓާކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އެވެ.

ވެމްކޯގެ މި ހިދުމަތަކީ އެ ކުންފުނިން އަލަށް ފަށައިގަތް ހިދުމަތެއް ކަމަށްވާއިރު މި ހިދުމަތް އަދި ދެނީ ސަރުކާރުގެ އޮފިސްތަކަށް ހާއްސަކޮށްގެންނެވެ. އަދި އެ ހިދުމަތަށް އެދޭ ފަރާާތްތައް އިތުރުވަމުންދާ ނަމަ، ކުންފުނިން އިތުރަށް އެ ހިދުމަތް ފުޅާ ކުރާނެ ކަމަށް ވެސް ވެމްކޯ އިން ބުނެ އެވެ.

ވެމްކޯއިން ފޮޅާ ސާފު ކުރުމުގެ ހިދުމަތް ދޭން ފަށާފައިވަނީ އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކުރުމަށް ފަހު އެވެ.