Last Updated: May 11, 18:14
Sunday, May 11, 2025
ޚަބަރު

އެޑިއުކޭޝަނަށް 92 އަހަރު ފުރުން ފާހަގަކޮށްފި

އެޑިއުކޭޝަން މިނިސްޓްރީ އަށް 92 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްޞަ ޙަފުލާއެއް ބާއްވައިފިއެވެ.

އިއްޔެ ބޭއްވި ޙަފުލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ މިނިސްޓްރީގެ މިހާރުގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި ޝުކުރު ވެސް އަދާކުރައްވައި ފައެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތް ކޮންމެ ރަށެއްގެ ހުންނަ ސްކޫލެއްގެ ތެރެއިންނާ ކޮންމެ ގެއެއްގެ ތެރެއިން ފެންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ. "އަދި ކޮންމެ ދުވަހަކު ދަރިވަރުންގެ އުނގެނުމުގެ ޙަރަކާތްތަކުގައި ތިޔަ ބޭފުޅުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އެބައޮތް."

ޝަފީއު ވަނީ ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަށް މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް އިލްތިމާސް ވެސް ކުރައްވައިފަ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެޑިއުކޭޝަން މިނިސްޓްރީއެއް އުފެއްދީ 1932 ގައި އޭރުގެ ރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބޮވަނަ މަހާރަދުން ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އިޢުލާން ކުރެއްވުމާ ގުޅިގެންނެވެ. ނަމަވެސް، އެގޭ ކުރިން ވެސް ދިވެހި ދައުލަތުގެ ފަރާތުން ރަސްމީކޮށް ތަޢުލީމު ދިނުމުގެ މަސައްކަތް ކޮށްފައިވާކަން ތާރީޚުން އެނގެން އެނގެ އެވެ.