ބޮލީވުޑްގެ މަޝްހޫރު ތަރި، ސަލްމާން ޚާންގެ ކޮއްކޮ، ސުހައިލް ޚާން އަލަށް ތެލެގޫ ފިލްމަކަށް ސޮއިކޮށްފި އެވެ.
އޭނަ ސޮއިކުރީ މަޝްހޫރު ތެލެގޫ އެކްޓަރު ނަންދަމުރީ ކަލިއަން ރާމްގެ އާ ފިލްމަށެވެ.
ރަސްމީކޮށް އަދި ނަން ހާމަނުކުރާ މި ފިލްމުގައި ސުހައިލް ކުޅޭނީ ފިލްމުގެ މައި ވިލަންގެ ރޯލުންނެވެ. އެގޮތުން މި މަހުގެ 20 ފާހަގަކުރި އޭނަގެ 54 ވަނަ އުފަން ދުވަހާ ދިމާކޮށް، ސުހައިލްވެ ފަސްޓްލުކް ވެސް އާންމުކޮށްފައިވެ އެވެ.
ވަގުތީ ނަމަކަށް "އެންކޭއާރް21" ބޭނުން ކުރަމުން އަންނަ މި ފިލްމުގެ ޑައިރެކްޓަރަކީ ޕްރަދީޕް ޗިލުކުރީ އެވެ. މީގެ ކާސްޓްގައި ސުހައިލް އެންމެ ފަހުން ކުޅުނު ފިލްމު ކަމަށްވާ ބޭބެ ސަލްމާންގެ 2019 ގެ ފިލްމު "ދަބަންގް 3" އިން ބޮލީވުޑަށް ތައާރަފުކުރި ޒުވާން ބަތަލާ ސައީ މަންޖްރޭކަރާއި ވިޖަޔަޝާންތީގެ އިތުރުން ސްރީކާންތު ހިމެނެ އެވެ.
ވަރަށް މަދުން ނޫނީ ފިލްމުތަކުން ނުފެންނަ ސުހައިލް އަކީ އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއް ވެސް މެ އެވެ.