ދ. ރިނބުދޫ ކައުންސިލްގެ އެހީގައި އެ ރަށުގައި ސްކޫލުގައި ސައިންސް ލެބެއް ހަދަން ނުންމައިފި އެވެ.
މިކަމުގެ އެއްބަސްވުމުގައި ރިނބުދޫ ކައުންސިލުން މި މަހުގެ 19 ގައި ވަނީ ޓްވިންސް ޓްރޭޑް ކިޔާ ކުންފުންޏާ އެކީ އެެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.
އެގޮތުން ސައިންސް ލެބަށް ބޭނުންވާ އިމާރާތް 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ އިރު، މި މަޝްރޫއަށް ކައުންސިލުން
230،000ރ. ހޭދަކުރާނެ އެވެ
ރިނބުދޫ ސްކޫލުން ބުނީ އެ ސްކޫލުގައި ކޮންބައިންކޮށް ކިޔަވައިދޭ ކޮމްބައިން ސްޓްރީމްގައި ދިހަ ވަރަކަށް ކުދިންނަށް ސައިންސްގެ ލެބްގެ ބޭނުން ހިފަންޖެހޭ ކަމަށާއި މިހާރު އެކަން ކުރަން ޖެހެނީ ކައިރި ރަށްރަށުގެ ސްކޫލްތަކަށް ގޮސް ވަރަށް ދަތިކޮށް ކަމަށެވެ. އެހެންވެ ސައިންސް ލެބެއް ސްކޫލަށް ވަރަށް މުހިއްމިވެފައިވާ ކަމަށް މެނޭޖްމަންޓުން ބުންޏެވެ.
އެހެންވެ ކައުންސިލުން ހަދައިދޭ ސައިންސް ލެބޭ އަކީ ދަރިވަރުންނާއި ސްކޫލްގެ މެނޭޖްމަންޓަށް ވެސް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށް ރިނބިދޫ ސްކޫލުން ބުންޏެވެ.
މި ފަހުން ރާއްޖޭގެ އެކި ހިސާބުތަކުގެ ވަރަށް ގިނަ ކައުންސިލްތަކުން ހަރަދުކޮށްގެން އެކި ރަށްރަށުގެ ސްކޫލްތަކަށް ބޭނުންވާ ތަފާތު އެކިއެކި ކަންކަން އަންނަނީ ކޮށްދެމުންނެވެ. އޭގެ ތެރޭގައި ސްކޫލްތަކުގެ ކްލާސްރޫމްތައް އޭސީކޮށް ދިނުން ފާހަގަކޮށްލެވެ އެވެ.