Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

ސޯމާލިއާގެ ބަޔަކު ބެހިގެން ފުވައްމުލަކަށް

ބެހިގެން ފުވައްމުލަކަށް ދިޔަ ސޯމާލިއާގެ ބަޔަކު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ބެހިގެން އައި އުޅަނދާއި އޭގައި ތިބި މީހުން މިހާރު އެމްއެންޑީއެފްގެ ބެލުމުގެ ދަށުގަ އެވެ. އެނގިފައިވާ ގޮތުގައި ބެހިގެން ފުވައްމުލަކަށް ދިޔަ ސޯމާލިއާގެ އުޅަނދަކީ މަސްވެރިކަމުގައި އުޅުނު އެެއްޗެކެވެ. އަދި އޭގައި ތިބީ ތިން މީހެކެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ އެ މީހުން ފެނުނީ ފުވައްމުލަކު ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ކަމަށެވެ.

މީގެ ކުރިން ވެސް ސޯމާލިއާ އަށް ނިސްބަތްވާ މީހުން ޑިންގީތަކާ އެކު ރާއްޖެ ސަރަހައްދުން ފެނިފައިވެ އެވެ. ސޯމާލިއާ އަކީ ކަނޑުފޭރޭ މީހުންގެ މައްސަލަ ބޮޑު ގައުމެކެވެ