ނިއު ޒީލޭންޑްގެ ސިޔާދަތީ ބާރު ހިނގާ ގޮތަށް އޮތް އެކަމަކު "އަމިއްލަ ވެރިކަމެއް" ހިންގަމުން އަންނަ ކުކް އައިލޭންޑްސްގެ ރައްޔިތުން އަމިއްލަ ޕާސްޕޯޓަކަށް ޑިމާންޑްކުރަން ފަށައިފި އެވެ.
އެގޮތުން މިހާރު ގެންގުޅޭ ނިއު ޒީލޭންޑްގެ ޕާސްޕޯޓްގެ އިތުރުން އެ ގައުމުގެ ރައްޔިތުންގެ އަމިއްލަ ވަކި ޕާސްޕޯޓެއް ބޭނުންވާތީ އެކަން ބޮޑުވަޒީރު މާކް ބްރައުން ނިއު ޒީލެންޑްގެ ސަރުކާރަށް ހުށަހެޅުމުން އެކަމަށް ފުރުސަތު ނުދެވޭނެ ކަމަށް ވަނީ އަންގައިފަ އެވެ.
ނިއު ޒީލޭންޑްގެ ސަރުކާރުން ބުނީ ކުކް އައިލޭންޑްސްގެ މީހުންނަށް އަމިއްލަ ވަކި ޕާސްޕޯޓެއް ގެންގުޅެވޭނީ ފުރިހަމަ މިނިވަންކަމެއް ލިބުނު އިރަކުން ކަމަށާއި މިހާރު އެއީ ވާނެ ކަމެއް ނޫން ކަމަށެވެ.
ކުކް އައިލޭންސްގެ ހާރިޖީ އަދި ދިފާއީ ކަންކަމާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރު އޮންނަނީ ނިއު ޒީލެންޑަށެވެ.
ކުކް އައިލޭންޑްސްގެ 100،000 އަށް ވުރެ ގިނަ މީހުން ނިއު ޒީލެންޑްގައި ދިރިއުޅެމުން އަންނަ އިރު ސީދާ އެ ގައުމުގައި ދިރިއުޅޭ އާބާދީ އަކީ އެންމެ 15،000 އެއްހާ މީހުންނެވެ. ނަމަވެސް ގައުމުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ޕާސްޕޯޓެއް ބޭނުންވާ ކަމަށް ބޮޑުވަޒީރު ގެންދަވަނީ ވިދާޅުވަމުންނެވެ.
ކުކް އައިލޭންޑްސްގައި "އަމިއްލަ ވެރިކަމެއް" ހިންގަމުން އަންނަނީ އޮގަސްޓް 4، 1965 އިން ފެށިގެންނެވެ. އަދި އދ. އިން ްއެ ގައުމުން ބަލައިގަތީ 1992 ގަ އެވެ.