Last Updated: May 11, 20:11
Sunday, May 11, 2025
ޚަބަރު

ދުވަސްތަކެއް ފަހުން ޕީއެންސީގެ ހަރުގެ ޖަލްސާއެއް މިރޭ

ދުވަސްތަކެއް ފަހުން ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ހަރުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ.

އެ ޕާޓީން ބުނީ ކޮންގްރެސް ހައުސްގައި ބާއްވާ ޖަލްސާ ފަށާނީ 8:45 ގައި ކަމަށެވެ. އެހެންވެ ޕާޓީގެ އެންމެހާ މެންބަރުންނަށް ދައުވަތު ވެސް އަރުވާ ކަމަށެވެ.

ޕީއެންސީގެ ޖަލްސާއެއް މިރޭ ބާއްވަނީ ހައުސިން ހައުސިން ޑިވެލޮޕްމަންޓް (އެޗްޑީސީ) ގެ ކޮޕަރްޝަނުގެ މައްސަލަތަކެއް ފެންމަތިވެ، އެ މައްސަލަތައް ފުލުހުންނާއި އޭސީސީ ތަހުގީގެއް ވެސް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ. މިކަމާ ގުޅިވެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމުން، އިއްޔެ އެ މަގާމަށް ވަނީ މައުރޫފް ޖަމީލް އައްޔަންކޮށްފަ އެވެ.

އެޗްޑީސީ އަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގައި އެ ކުންފުނީގެ 15 މުވައްޒަފަކު ވެސް ވަކިކޮށްފައިވެ އެވެ.

މީގެ އިތުރުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދުގެ މައްޗަށް ވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވޭކަމުގެ އަޑުތަކެއް ފެތުރިފައިވާ އިރު، މިއަދު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވަނީ އެ ކުންފުނި ހަމައަކަށް އަޅުވަން ސަރުކާރުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ ކަމަށް ތުހުމަތު ކުރައްވައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ފެނަކައިގެ އެމްޑީއަކަށް މިހާރު ވަނީ މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު މިއަދު އައްޔަންކޮށްފަ އެވެ.