ޝާހިދު ކަޕޫރާ އެކީ ހަދަން ނިންމާފައިވާ ކަމަށް އަޑު އަރާފައިވާ "ކޮކްޓެއިލް" ގެ ސީކްއެލްގެ ބަތަލާއިންނަކީ ކްރިތީ ސެނަން އާއި ރަޝްމިކާ މަންދަނާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
"ކޮކްޓެއިލް" އަކީ ސައިފް އަލީ ޚާނާއި ދީޕިކާ ޕަދްކޯންގެ އިތުރުން ޑަޔާނާ ޕެންޓީއާ އެކީ ޑައިރެކްޓަރު ހޯމީ އަދަޖާނިއާ 2012 ގައި ގެނެސްދިން ވަރަށް ކާމިޔާބު ރޮމޭންޓިކް ކޮމެޑީއެކެވެ. މިއީ ޝާހިދާއި ކަރީޕާ ކަޕޫރްގެ 2007 ގެ "ޖަބް ވީ މެޓް" ގެ ޑައިރެކްޓަރު އިމްތިއާޒް އަލީ އާއި އޭނަގެ ކޮއްކޮ ސާޖިދު އަލީގެ ސްކްރީންޕްލޭއަކަށް ހެދި ފިލްމެކެވެ.
މީޑިއާތަކުން ބުނީ "ކޮކްޓެއިލް 2" ހަދަން ޕްލޭންކުރީ ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ކަމަށާއި އަންނަ އަހަރުގެ ތެރޭގައި މީގެ ޝޫޓިން ފަށާނެ ކަމަށެވެ. ނަމަވެސް ފިލްމުގެ ކާސްޓާ ބެހޭ ގޮތުން ދެކެވޭ އެއްވެސް ވާހަކައަކާ ގުޅޭ ގޮތުން އެ ސްޓޫޑިއޯ އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އަނެއްކޮޅުން "ކޮކްޓެއިލް 2" ގެ ޑައިރެކްޓްކުރާނެ މީހަކު ވެސް އަދި ކަށަވަރެއް ނުވެ އެވެ.
ޝާހިދާ އެކީ ކްރިތީ ކުޅުނު ފުރަތަމަ ފިލްމަކީ މެޑޮކް އިން މި އަހަރުގެ ފެބްރުއަރީގައި ގެނެސްދިން "ތޭރޭ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އެވެ. ރަޝްމިކާ އަދި މިހާތަނަށް ޝާހިދާ އެކީ އެއްވެސް ފިލްމެއްގެ މަސައްކަތްކޮށްފައެއް ނުވެ އެވެ.