Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

ސީޒަން މަގާމުން އިސްތިއުފާ ދީފި

ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ރާއްޖޭގެ ފިލްމީ ތަރި އަލީ ސީޒަނަށް ދިން މަގާމުން އޭނަ އިސްތިއުފާ ދީފި އެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސީޒަން އައްޔަންކުރީ ހައި ކޮމިޝަންގެ ފަސްޓް ސެކެރެޓަރީގެ މަގާމަށެވެ. އެނގިފައިވާ ގތުގައި އޭނަ މަގާމުން އިސްތިއުފާ ދިނީ އުސޫލާ ހިލާފަށް ފޮރިން މިނިސްޓްރީގެ ލިޔެކިޔުންތަކެއް ބޭނުން ކުރުމާއި މިނިސްޓްރީގެ ހުއްދަ ވެސް ނެތި ރާއްޖެ އައި މައްސަލައެއް ބަލަން ފެށުމާ ގުޅިގެންނެވެ.

މިކަމާ ގުޅޭސީޒަން ބައެއް މީޑިއާތަކަށް ބުނީ އަމިއްލަ އަށް އިސްތިއުފާ ދިނީ ކަމަށެވެ. ނަމަވެސް ސަބަބެއް ހާމައެއް ނުކުރެ އެވެ.

ސީޒަން އަކީ މި އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ކ. ތުލުސްދާ ދާއިރާ އަށް ވާދަކުރަން ވެސް ނިންމި މީހެކެވެ. ނަމަވެސް ފަހުން އޭނަ ވާދަނުކުރަން ނިންމި އެވެ.