Last Updated: July 16, 15:35
Thursday, July 16, 2026
މުނިފޫހިފިލުވުން

އަނިލްގެ އުފަން ދުވަހު އާ ފިލްމުގެ ޓީޒާއެއް

މިއަދު ފާހަގަކުރަމުން އަންނަ ބޮލީވުޑްގެ ތަރި، އަނިލް ކަޕޫރްގެ 68 ވަނަ އުފަން ދުވަހާ ދިމާކޮށް އޭނަގެ އާ ފިލްމު "ސުބޭދާރު" ގެ ޓީޒާއެއް އާންމުކޮށްފި އެވެ.

އެމެޒޯން ޕްރައިމް ވީޑިއޯ ގުޅިގެން ހަދާ މި ފިލްމަކީ ސުރޭޝް ތުރިވޭނީގެ ޑައިރެކްޝަނެކެވެ. އޭނަ އަކީ އޭނަ ވިދިއާ ބާލަންގެ 2017 ގެ "ތުމާރީ ސުލޫ" އާއި 2022 ގެ "ޖަލްސާ" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.

"ސުބޭދާރު" ގައި އަނިލްގެ ވަރަށް ތަފާތު ރޯލެއް ފެނިގެން ދާނެކަމުގެ ކުލަވަރު ޓީޒާ އިން ވަނީ ދައްކާލައިފަ އެވެ. މި ފިލްމުގައި އޭނަގެ ދަރިއެއްގެ ރޯލުން ރާދިކާ މަދަން ފެނިގެން ދާނެ އެވެ.

"ސުބޭދާރު" ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަނިލްގެ އެންމެ ފަހުގެ ފިލްމަކީ މެއި މަހު ރިލީޒްކުރި އެކްޝަން ތުރިލާ "ސާވީ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރިތިކް ރޯޝަންގެ "ވޯ 2" އާއި އާލިއާ ބަޓްގެ "އަލްފާ" ހިމެނެ އެވެ. މި ދެ ފިލްމަކީ ވެސް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ ފިލްމުތަކެވެ.