Last Updated: May 13, 22:32
Tuesday, May 13, 2025
ދުނިޔެ

ކްލިންޓަން އެޑްމިޓްކޮށް ފަރުވާ ދެނީ

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

އޭނަގެ ތަރުޖަމާނާ ހަވާލާދީ މީޑިއާތަކުން ބުނީ ކްލިންޓަން އިއްޔެ އެޑްމިޓްކުރީ ވަރަށް ގަދައަށް ހުން އައިސްގެން ކަމަށާއި މިހާރު ހާލަތު ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށެވެ.

ކްލިންޓަން، 78، އަށް ފަރުވާ ދެމުން އަންނަނީ ވޮޝިންޓަންގެ މެޑްސްޓާ ޖޯޖްޓައުން ޔުނިވަސިޓީ ހޮސްޕިޓަލްގަ އެވެ.

ކްލިންޓަނަކީ އެމެރިކާގެ 42 ވަނަ ރައީސެވެ. އޭނަ ވެރިކަން ކުރެއްވީ 1993-2001 އަށެވެ. ކްލިންޓަންގެ އަނބިކަނބަލުން ހިލަރީ ކްލިންޓަނަކީ ވެސް އެމެރިކާގެ ނުފޫޒު ގަދަ ސިޔާސީ ޝަހުސިއްޔަތެކެވެ. ދެހާސް ސޯޅައިގައި ވެރިކަމަށް ވެސް ކުރިމަތިލެއްވި ހިލަރީ ރައީސް އޮބާމާގެ ވެރިކަމުގައި ސްޓޭޓް ސެކްރެޓަރީ އެވެ.

ކްލިންޓަނާއި ހިލަރީ އަށް ލިބިވަޑައިގެންނެވީ އެންމެ ބޭފުޅެކެވެ. އެއީ ޗެލްސީ ކްލިންޓަން، 44، އެވެ.