ބޮލީވުޑްގެ ފިލްމު "ބޯޑާ 2" ގެ ޝޫޓިން ފަށައިފި އެވެ.
މި ފިލްމަކީ 1997 ގައި ގެނެސްދިން ކާމިޔާބު ހަނގުރާމަ ފިލްމު "ބޯޑާ" އާ ގުޅުވައިގެން ހަދާ ފިލްމެކެވެ. އިންޑިއާގެ އެންމެ ކާމިޔާބު ހަނގުރާމަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެ ފިލްމަކީ ޖޭޕީ ދައްތާ ޑައިރެކްޓްކުރި ފިލްމެކެވެ. "ބޯޑާ 2" އަކީ އޭނަ އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ހަދާ ފިލްމެކެވެ.
އާ ފިލްމުގެ ޑައިރެކްޓަރަކީ އަނޫރާގް ސިންގް އެވެ. އޭނަ އަކީ އަކްޝޭ ކުމާރާ އެކީ 2019 ގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން ކާމިޔާބު ހަނގުރާމަ ފިލްމު "ކޭސަރީ" ގެ ޑައިރެކްޓަރެވެ.
"ބޯޑާ 2" ގެ ޝޫޓިން މިއަދު ފެށި އިރު، ކުރީގެ ފިލްމުން އާ ފިލްމުގެ ކާސްޓްގައި ހިމެނޭ ހަމައެކަނި ތަރި އަކީ ސަނީ ޑިއޯލް އެވެ. ދެވަނަ ބައިގެ ކާސްޓުންގެ ތެރޭގައި ފުރަތަމަ ބައިގެ މުހިއްމު ރޯލެއް ކުޅުނު ސުނިލް ޝެޓީގެ ދަރިފުޅު، އަހާން ޝެޓީ އާއި ވަރޫން ދަވަންގެ އިތުރުން ދިލްޖީތު ދޮސަންޖް ހިމެނެ އެވެ.
"ބޯޑާ 2" ސިނަމާތަކަށް ގެންނާނީ ޖެނުއަރީ 23، 2025 ގަ އެވެ.