މިދޔަ ހަފުތާގައި ސަސްޕެންޑްކުރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ސަސްޕެންޝަން އުވާލައިފި އެވެ.
އެ ބޯޑްގެ ޗެއާމަން ފިޔަވައި އެހެން ހުރިހާ މެންބަރުން ސަސްޕެންޑްކުރީ މިދިޔަ ހަފުތާގެ ބުރާސްފަތީގަ އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޮޕަރަޓައޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ބޯޑްގެ ޑިރެކްޓަރުން ސަސްޕެންޑްކުރީ އެޗްޑީސީއާ ގުޅޭ ތަހުގީގެއް ކުރިއަށްދާތީ އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށެވެ.
ބޯޑު ސަސްޕެންޑްކޮށްފައި ވަނިކޮށް އޭރު މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒުލް ރަޝީދު ވަނީ ބުރާސްފަތި ދުވަހުގެ ރޭ މަގާމުން އިސްތިއުފާ ވެސް ދެއްވައިފަ އެވެ. އަދި މިދިޔަ އާދީއްތަ ދުވަހު އެޗްޑީސީގެ އެމްޑީއަކަށް ސަރުކާރުން ވަނީ މައުރޫފް ޖަމީލް އައްޔަންކޮށްފަ އެވެ.
އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަން ފެށީ "ބިންވެރިޔާ" ސްކީމްގެ ދަށުން، ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމުގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ކުންފުނީގެ 15 މުވައްޒަކު ވަޒީފާތަކުން ވެސް ވަޒީފާތަކުން ވެސް ވަކިކޮށްފައިވާ އިރު، ތުހުމަތު ކުރެވޭ 20 މީހެއްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.