Last Updated: May 11, 19:51
Sunday, May 11, 2025
ޚަބަރު

މަގު ސާފުކުރާ ވެހިކަލެއް ފޮނަދު އަށް ހަދިޔާކޮށްފި

ލ. ފޮނަދޫ ކައުންސިލަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން މަގު ސާފުކުރާ ވެހިކަލެއް ހަދިޔާކޮށްފި އެވެ.

އެ ހަވާލު ކުރުން އޮތީ ލޯކަލް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފޮނަދޫ ކައުންސިލަށް މަގު ސާފުކުރާ ވެހިކަލެއް ހަދިޔާކުރީ އެފަދަ އެހީތެރިކަން ފޯރުކޮށް ދިނުމަށް ޗައިނާ އިން ކުރިއަށް ގެންދާ "ޔުނާން ހޭންޑް އިން ހޭންޑް" ޕްރޮގްރާމްގެ ދަށުންނެވެ.

ވެހިކަލާ ފޮނަދޫ ކައުންސިލްގެ ފަރާތުން ހަވާލުވެވަޑައިގަތީ ރައީސް އަހްމަދު ރިޔާޒެވެ. ޗައިނާ އެމްބަސީގެ ފަރާތުން އެ ހަވާލުކޮށް ދެއްވީ އެމްބަސީގެ ޗާޖް ޑި އެފެއާޒް މިސް ހެއިފެން އެވެ.

މިއީ 250،000 ޗައިނީސް ޔުއާން (540،000ރ.) ގެ ވެހިކަލެކެވެ.