ތުރުކީގެ ސިޓީއެއް ކަމަށްވާ ބަލިކްސީރްގައި ހަތިޔާރު އުފައްދާ ފެކްޓަރީއެއްގައި ހިނގި ގޮވުމުގެ ހާދިސާއެއްގައި މިއަދު 12 މީހަކު މަރުވެ، އިތުރު ހަތަރު މީހަކު ޒަހަމެއްވެއްޖެ އެވެ.
ސިޓީގެ ގަވަރުނަރު އިސްމާއީލް އިސްތޯގްލޫއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޮވާފައި ވަނީ ފެކްޓަރީގެ ކެޕްސޫލް ޕްރޮޑަކްޝަން ޔުނިޓްގަ އެެވެ. އެތަނުގައި ގޮވައި އަލިފާގަންޑު ފެކްޓަރީގެ ބޭރަށް ފެތުރި، އާންމުންނަށް ވެސް ބޮޑު ބިރުވެރިކަމާ ކުރިމަތިލާން ޖެހުނެވެ.
މި ހާދިސާއާ ގުޅިގެން ފެކްޓަރީ އިމާރާތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިިބިފައިވާ އިރު، އަލިފާން މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެެވެ.
ނަމަވެސް ފެކްޓްރީ ހުރި ސަރަހައްދަށް ބޯ ކަޅު ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އިންޓީރިއާ މިނިސްޓަރު އަލީ ޔިރްލިކާޔާ ވިދާޅުވީ ފެކްޓަރީގައި ރޯވާން ދިމާވި ސަބަބެއް އަދި މިހާތަނަށް ސާފުނުވާ ކަމަށެވެ. އަދި މިކަމާ ގުޅޭ ތަހުގީގެއް މިހާރު ކަމާބެހޭ އިދާރާތަކުން ފަށާފައިވާ ކަމަށް ޖަސްޓިސް މިނިސްޓަރު ޔިލްމާޒް ތުންކް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ތުރުކީގައި މިފަދަ ހާދިސާތަކެއް ހިނގާފައިވެ އެވެ.