Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ހިތަދޫ ބޮޑުމަގުގައި އެކްސިޑެންޓެއް ހިނގައިފި

މީގެ ކުޑައިރުކޮޅެއް ކުރިން ހިތަދޫ ބޮޑުމަގުގައި ހިނގި އެކްސިޑެންޓް. ފޮޓޯ: ކިއުންތެރިއެއް

އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި ހުންނަ ނައީމީ ސްޓޯރް ކައިރިން އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އެއްކޮޅަކަށް ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހިގެންނެވެ.

މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް މަންޒަރު ދުށް މީހަކު ވަނީ 'އައްޑޫލައިވް' އަށް މައުލޫމާތު ދީފައެވެ.

މި އެކްސިޑެންޓްގެ އިތުރުން ވެސް މިއަދު އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ވެސް ވަނީ އެކްސިޑެންޓެއް ހިނގައި 2 މީހަކަށް ވަނީ އަނިޔާވެފައެވެ.