Last Updated: May 8, 06:41
Thursday, May 8, 2025
ޚަބަރު

ކާރެއްގައި ރޯވެއްޖެ

ހުޅުމާލޭގައި ކާރެއްގައި ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލޭ ފޭސް 2 ގެ، ހިތިގަސްމަގުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަ ސްޓޭޝަންގެ ފަޔަ ފައިޓަރުން ހަރަކާތްތެރިވެ ފަތިހު ނިއްވާލާފައިވާ ކަމަށެވެ. އެ ދިސާގެ މަޢުލޫމާތު ލިބުނީ މެންދަމު 03:36 ހާއިރ އެވެ.

ފަޔަފައިޓަރުން ކުރި މަސައްކަތުން ޓެކްސީ ކާރުގައި ރޯވި އަލިފާން ނިއްވައި ލެވުނީ ފަތިހު 04:01 ހާއިރު އެވެ.

މި ހާދިސާ ހިނގަން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.