Last Updated: July 16, 14:08
Thursday, July 16, 2026
މުނިފޫހިފިލުވުން

އޮރީ އެންމެ ފަހުން ބޮލީވުޑްގެ ފިލްމަކަށް

ވިކީއާ އެކު އޮރީ.

ބޮލީވުޑް ހުރިހާ ފިލްމީ ތަރިންނާ ގާތް ގުޅުމެއް އޮންނަ އޮރީ ފިލްމަކަށް ސޮއިކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު "ވަރަށް ނުފޫޒު ގަދަ" މީހެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އޮރީ ސޮއިކުރީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ގެ ރޯލަކަށެވެ. މީޑިއާތަކުން ބުނީ ރަންބީރް ކަޕޫރާއި އޭނަގެ އަންހެނުން އާލިއާ ބަޓްގެ އިތުރުން ވިކީ ކޯޝަލް ލީޑް ރޯލު ކުޅޭ ފިލްމުުގައި އޮރީ ފެންނާނީ އާލިއާގެ އެކުވެރިއެއްގެ ރޯލުންނެވެ. އަދު އޭނަގެ ކެރެކްޓާ އަކީ ގޭ ރޯލެއް ކަމަށް ވެސް މީޑިއާތަކުންނެވެ.

ބޮލީވުޑްގެ ތަރިންނާ އެކީ އާންމުކޮށް ހުރިހާ ހަފުލާތަކަކާއި ޕާޓީތަކުން ވެސް ފެންނަ އޮރީ އަކީ މިހާރު ބޮލީވުޑްގެ އެއްވެސް އޭނައާ ނުލައި ފުރިހަމަ ނުވާހާ މަޝްހޫރު މީހެކެވެ. އޮރީގެ އިންސްޓަގްރާމް ހަވާލުމުން ތަރިންނާއި އޭނައާ އޮންނަ ގުޅުން ވަރަށް ރަނގަޅަށް ހާމަވާނެ އެވެ.

"ލަވް އެންޑް ވޯ" ވާނީ ބޮލީވުޑްގެ ފިލްމަކުން އޮތީ ފެންނަ ފުރަތަމަ ފިލްމަށެވެ. ނަމަވެސް މީގެ ކާސްޓްގައި އޭނަ ހިމެނޭކަން ބަންސާލީގެ ޓީމުން އަދި ކަށަވަރުކޮށެއް ނުދެ އެވެ.

ހާއްސަ ފެނިލުންތަކަކުން ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯން ވެސް ފެންނާނެ ކަމަށް ބުނާ "ލަވް އެންޑް ވޯ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ 2026 ގެ ކުރީކޮޅު އެވެ.