Last Updated: May 8, 09:08
Thursday, May 8, 2025
ޚަބަރު

ރައީސްގެ ތައުޒިޔާ ތުރުކީ އަށް

ހަތިތާރު އުދައްދާ ތުރުކީގެ ފެކްޓަރީއެއްގެ އިއްޔެ އެއްޗެއް ގޮވައި 12 މީހަކު މަރުވެ އިތުރު ބަޔަކު ޒަހަމްވި ހާދިސާއާ ގުޅިގެން އެ ގައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.

‎އުރްދުޣާނަށް ރައީސް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ބަލިކެސިރް ޕްރޮވިންސްގައި ހިނގި އެ ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައެވެ. އަދި އެ ހާދިސާގައި 12 މީހެއްގެ ފުރާނަ ގެއްލިފައިވާ އިރު، އެތައް ބަޔަކަށް ވަނީ އަނިޔާވެފައިވާތީ ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށާއި އެމީހުންގެ ގާތްތިމާގެ މީހުންގެ އިތުރުން، ތުރުކީ ސަރުކާރާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެ، އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

‎ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަ ނީ، ދިވެހި ރައްޔިތުން ތިބީ ތުރުކީގެ އަޚުންނާއި އުޚުތުންނާ އެކުގައި ދިވެހިން ތިބިކަންކަމުގެ ދެއްވަމުންނެވެ.

މި ސަރުކާރުން ތުރުކީއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ އިރު، ރައީސް މުއިއްޒު މުއިއްޒު މިދިޔަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ވަޑައިގަތް ފުރަތަމަ ގައުމަކީ ވެސް ތުރުކީ އެވެ.