Last Updated: May 8, 09:13
Thursday, May 8, 2025
ޚަބަރު

ޑްރަގް މައްސަލައެއްގައި އިންޑިއާ ބަޔަކު ހައްޔަރަށް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ބަޔަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެއަށް ގެނައި މީހާ އާއި އެތަކެއްޗާ ރާއްޖޭން ހަވާލުވި މީހާ އެވެ.

މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ އުމުރުން 31 އަހަރުގެ އެމްޑީ ތަމަންނާ ކިޔާ ފިރިހެނެއް ކަމަށެވެ. ކަސްޓަމްސް އިން ބަލައިފާސްކުރި އިރު އޭނަ ގެނައި ލަގެޖުން މަސްތުވާތަކެތި ފެނިފައިވެ އެވެ. ނަމަވެސް އެ ތަކެއްޗަކީ މީހަކު ހަވާލުކުރި ތަކެތި ބަންދު މަޖިލީހުގައި ކްރިމިނަލް ކޯޓުގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގެ ތެރެއިން އެތަކެއްޗާ ހަވާލުވެފައި ވަނީ އުމުރުން 30 އަހަރުގެ ސައްދާމް ހުސައިން ކިޔާ ފިރިހެނެކެވެ.

އޭނާގެ މައްޗަށް ނެރެފައިވާ ކޯޓު އަމުރުގައިވާ ގޮތުން، މަސްތުވާތަކެއްޗަކީ ސައްދާމް ބޭނުންކުރަން ގެނައި ތަކެތި ކަމަށް ސީންގައި ބުނެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ދެ މީހުންގެ ބަންދަށް ވެސް 30 ދުވަސް ޖަހާފައިވެ އެވެ.