Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

ފެރިދޫ ގެތަކަށް ލުނބޯގަސް ހަދިޔާ ކުރަނީ

އއ. ފެރިދޫގެ ގޭބިސީތަކަށް ލުނބޯގަސްތަކެއް ހަދިޔާކުރަން ކައުންސިލުން ނިންމައިފި އެވެ.

އެ ރަށު ކައުންސިލުން ބުނީ އެ ލުނބޯގަސްތަކަކީ ކައުންސިލްގެ އެދުމަކަށް ފެންޓަސީ ޕްރައިވެޓް ލިމިޓެޑުން ހަދިޔާކޮށްފައިވާ ލުނބޯގަސްތަކެއް ކަމަށެވެ. އެގޮތުން 100 ލުނބޯ ގަސް ލިބިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

އެހެންވެ ރަށުގެ ރަޖިސްޓްރީގައި މީހުން ތިބި ކޮންމެ ގެއަކަށް ލުނބޯގަސް ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ. މާދަމާ އިން ފެށިގެން އަންނަ މަހުގެ 12 އާ ހަމައަށް ކައުންސިލް އިދާރާ އިން ގަސްތައް ދޫކުރަން ފަށާނެ އެވެ.

ލުނބޯގަސްތައް ދޫކުރަން ހަމަޖެހިފައި ވަނީ ދޫކުރަން ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އާ ހަމައަށެވެ.