އަޒަރުބައޖާންގެ މަތިންދާ ބޯޓެއް ކަޒަކަސްތާނަށް ވެއްޓި ގިނަ އަަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ 70 ޕަސެންޖަރުންނާ އެކު އަޒަރުބައިޖާނުން ފުރައިގެން ރަޝިއާގެ ކްރޮޒްނީ އަށް ދަތުރުކުރި އަޒަރުބައިޖާން އެއާލައިންގެ ޖޭ2-8243 ބޯޓް ވެއްޓުނީ މޫސުން ގޯސްވެ، ދަތުކުރަން ދަތިވާ ވަރަށް ފުސްވެ، ބޯޓް ކުއްލި ހާލަތުގައި ކަޒަކަސްތާންގެ އަކަޓޯސިޓީ އަށް ލޭންޑް ކުރުމުގެ ތެރޭގައި ބޯޓްގައި އަލިފާން ރޯވެ ވެއްޓިގެންނެވެ.
ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 30 މީހަކު ސަލާމަތްވެފައިވެ އެވެ.
ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ކަޒަކަސްތާނާއި އަޒަރުބައިޖާނާއި ރަޝިއާގެ އިތުރުން ކިރްގިސްތާންގެ ބަޔަކު ވެސް ހިމެނެ އެވެ.