Last Updated: July 16, 15:35
Thursday, July 16, 2026
މުނިފޫހިފިލުވުން

ކާތިކަށް ލޯބީގެ ފިލްމެއް

މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ކާތިކް އާރިއަންގެ ލޯބީގެ ފިލްމެއް އިއުލާންކޮށްފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ނަމާ ޕިކްޗާސް ގުޅިގެން ހަދަން ނިންމާފައިވާ މި ރޮމޭންޓިކް ކޮމެޑީގެ ނަމަކީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ" އެވެ. ދެހާސް ސައްބީހުގައި ސިނަމާތަކަށް ގެންނަ ގޮތަށް އިއްޔެ އިއުލާންކުރި މި ފިލްމުގެ ޑައިރެކްޓަރަކީ ކާތިކާއި ކިއާރާ ކުޅުނު މިދިޔަ އަހަރުގެ ރޮމޭންޓިކް ޑްރާމާ "ސަތިއަޕްރޭމް ކީ ކަތާ" ގެ ޑައިރެކްޓަރު ސަމީރް ވިދްވަންސް އެވެ.

"ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ" އިއުލާންކުރި ނަމަވެސް މީގެ ބަތަލާ އަކީ ކޮބައި ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ
3" އެވެ.

އޭނަ ސޮއިކޮށްފައިވާ ފިލްމުތަކު ތެރޭގައި ޑައިރެކްޓަރު އަނޫރާގް ބާސޫގެ "އާޝިގީ 3" އާއި 2019 ގެ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގެ ދެވަނަ ބައި ވެސް ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ކާތިކް ވަރުގަދަ ތަރިއަކަށް ބަދަލުކޮށްލި 2018 ގެ ފިލްމު "ސޯނޫ ކީ ޓިޓޫ ކީ ސްވީޓީ" ގެ ދެވަނަ ބައި ވެސް ހަދަން އަންނަނީ ތައްޔާރުވަމުންނެވެ.