އިއްޔެ އަޒަރުބައިޖާން އެއާލައިންސްގެ ބޯޓް ވެއްޓުނު ހާދިސާގައި މަރުވީ 38 މީހުން ކަމަށާއި ސަލާމަތްވީ 29 މީހުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.
ސަލާމަތްވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނޭ އިރު، ސަލާމަތްވި މީހުންގެ ތެރެއިން 11 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ކަޒަކަސްތާންވެ ބޮޑުވަޒީރުފެ ނައިބު ކަނަތު ބޮޒުމްބަޔޭވް ވިދާޅުވި އެވެ.
އަޒަރުބައިޖާން އެއާލައިންސްގެ ޖޭ2-8243 ބޯޓް ވެއްޓުނީ މޫސުން ގޯސްވެ، ދަތުކުރަން ދަތިވާ ވަރަށް ދުންފުނި ބޯވެ، ބޯޓް ކުއްލި ހާލަތުގައި ކަޒަކަސްތާންގެ އަކަޓޯސިޓީ އަށް ލޭންޑް ކުރުމުގެ ތެރޭގައި ބޯޓްގައި އަލިފާން ރޯވެ އެވެ.
ބޯޓް ވެއްޓުނު އިރު އެއިން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އަޒަރުބައިޖާނާއި ކަޒަކަސްތާނާއި ކިރްގިސްތާންގެ އިތުރުން ރަޝިއާގެ ބައެކެވެ. އެގޮތުން ޖުމް 62 މީހަކު ބޯޓްގައި ތިއްބެވެ.
ބޯޓް ވެއްޓުނު ހާދިސާ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ބޯޓްގެ ކަޅުފޮށި ވެސް މިހާރު ވަނީ ހޯދައިފަ އެވެ.