ވަރުގަދަ ފިލްމުތަކެއް ގެނެސްދީފައިވާ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމުގެ ނަމަކީ "ދި އޮޑިސޯ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ މިތިކް އެކްޝަން އެޕިކެކެވެ. "ދި އޮޑިސީ" ގެ ކާސްޓްގައި މެޓް ޑޭމަން އާއި އޭން ހެތަވޭ އާއު ޓޮމް ހޮލަންޑާއި އޭނަގެ ލޯބިވެރިޔާ އަދި މަޝްހޫރު ބަތަލާ ޒެންޑާޔާގެ ހިމެނޭ ކަމަށް ރިފޯޓްތައް ބުނެ އެވެ.
ޖުލައި 17، 2026 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމަކީ އިނގިރޭސިވިލާތަށް އުފަން ޑައިރެކްޓަރާއި އޭނަގެ އާއަންހެނުން އެމާ ތޯމަސްގެ ޕްރޮޑަކްޝަން ހައުސް، ސިންކޮޕީން އުފައްދާ ފިލްމެކެވެ.
ނޯލަންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "އޯޕަންހީމާ" އެވެ. އެ ފިލްމަކީ 7 އޮސްކާ އެވޯޑްގެ އިތުރުން ފަސް ގޯލްޑެން ގްލޯބް އެވޯޑް ހޯދި ވަރަށް ކާމިޔާބު ފިލްމެކެވެ. ޖުމްލަ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 977 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.
ނޯލަން، 54، ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ޓެނެޓް"، "ޑަންކާކް"، "އިންސެޕްޝަން"، "އިންސޮމްނިއާ" އަދި "މެމެންޓޯ" ހިމެނެ އެވެ.